Last Updated: June 9, 14:14
Tuesday, June 9, 2026
ކުޅިވަރު

ލިވަޕޫލާ އާސެނަލް ވީ އެއްވަރު

ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލް އަދި އާސެނަލް ބައްދަލުކުރި މެޗު 1-1 ގެ ނަތީޖާ އިން އެއްވަރުވެ ނިމިއްޖެއެވެ.

ލީގުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ދެޓީމުގެ ފަރާތުން ވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ގޮސްފައިވާއިރު ދެޓީމުން ވެސް ވަނީ އިދިކޮޅު ޓީމު ގޯލަށް ނުރައްކާ ކޮށްފައެވެ.

މެޗުގެ ފުރަތަމަ ހާފު ލަނޑެއް ނުޖެހި ނިމިގެން ދިޔަ ނަމަވެސް ދެވަނަ ހާފު ކުރީކޮޅު ޖޭމްސް މިލްނާ ވަނީ ލިވަޕޫލަށް ލީޑު ނަގާދީފައެވެ. 61 ވަނަ މިނެޓުގައި އޭނާ ޖެހި މިގޯލަށް ފަހު ލިވަޕޫލް ދިޔައީ ތިން ޕޮއިންޓު ކަށަވަރު ކުރަން މަސައްކަތް ކުރަމުންނެވެ.

ނަމަވެސް އާސެނަލް ދަނޑުގައި ކުޅުނު މެޗު ނިމެން ކައިރި ވެފައިވަނިކޮށް ލަކަޒޭޓް ވަނީ ގޯލެއް ޖަހައި ނަތީޖާ އެއްވަރުކޮށްދީފައެވެ. އޭނާ ލަނޑު ޖަހާފައިވަނީ މެޗުގެ 81 ވަނަ މިނެޓުގައެވެ.

ރޭގެ މެޗުން އެއްވަރުވެ ލިވަޕޫލް ވަގުތީ ގޮތުން ތާވަލުގެ އެއްވަނައަށް އެރި ނަމަވެސް މެންޗެސްޓާ ސިޓީއާއި ސަދަމްޓަން ކުޅޭ މެޗުން ސިޓީ މޮޅުވެއްޖެނަމަ ލިވަޕޫލް ދެވަނައަށް ވެއްޓިގެންދާނެއެވެ. 27 ޕޮއިންޓު ލިވަޕޫލްއަށް ލިބިފައިވާއިރު ސިޓީ އެއް މެޗު މަދުން ކުޅެގެން ލިބިފައިވަނީ 26 ޕޮއިންޓެވެ. ރޭގެ މެޗުން އެއްވަރު އާސެނަލް ވަނީ ތާވަލުގެ 5 ވަނައަށް ވެއްޓިފައެވެ.