އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް(އައިޔޫއެމް) އިން މިދިޔަ މަހު 29 ވަނަ ދުވަހު ވައްކަން ކޮށް، ނަގާފައިވާ ލެޕްޓޮޕްތަކާއި އެހެނިހެން ސާމަނުތައް ފުލުހުން ހޯދައިފިއެވެ.
ފުލުހުން ބުނެފައިވަނީ ވައްކަން ކޮށްފައިވަނީ ޔުނިވާސިޓީގެ 4 ވަނަ ފަންގިފިލާ އިން ކަމަށާއި އެކަން ކޮށްފައިވަނީ އެރޭ 19:45 އެހާކަށްހާއިރު ކަމަށެވެ. އަދި ގެއްލުނު ސާމާނު ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ހޯދިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މީގެ އިތުރުން އެ މައްސަލައާ ގުޅިގެން ދިވެހި ތިން ފިރިހެނަކާއި ބިދޭސީ ފަސް ފިރިހެނުން ވަނީ މިހާރު ހައްޔަރުކޮށް، 10 ދުވަހަށް ބަންދުގެ މުއްދަތު އިތުރު ކޮށްފައި ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.
އަދި ބިދޭސީންގެ ތެރެއިން ހައްޔަރުކުރި ފަސް މީހުންނަކީ ވެސް އިމިގްރޭޝަން ގާނޫނާއި ޚިލާފަށް ރާއްޖޭގައި އުޅެމުން އަންނަ ފަސް މީހުން ކަމަށްވާތީ އެމީހުންގެ މައްސަލަ އިމިގްރޭޝަނަށް ހުށައަޅައި އެމީހުން އިމިގްރޭޝަނާ ހަވާލުކުރުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަ ކަމަށް ބުނެފައިވެއެވެ.