Last Updated: April 20, 07:18
Saturday, April 20, 2024
ޚަބަރު

މީދޫ ކަރަންޓު މައްސަލާގައި ފެނަކަ އެމްޑީ ލައްމާނު ބައްދަލެއް ނުކުރި: އަމީތު

ރ. މީދޫއަށް ދިމާވެފައިވާ ކަރަންޓު މައްސަލަ އާއި ގުޅޭ ގޮތުން ފެނަަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ލައްމާނު އާއި ބައްދަލު ކުރަން އެދުމުން ލައްމާނު ދެކޮޅު ހަދައިފިއެވެ.

ރ. މީދޫ ހިމެނޭ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު މިއަދު "އައްޑޫލައިވް"އަށް ވިދާޅުވީ އެރަށުގެ ރައްޔިތުން ކަރަންޓުގެ މައްސަލަ ހައްލު ނުކުރެވިގެން އުޅޭތާ އެތައް މަހެއް ވެފައިވާ ކަމަށެވެ. އަދި މިހާރު ރަށަށް ކަރަންޓު ފޯރުކޮށްދޭން ބޭނުން ކުރާ ޖަނަރޭޓަރަކަށް މައްސަލަ ޖެހި އެކި ހިސާބުތަކުން ކަރަންޓު ކަނޑާތާ ތިން ދުވަސް ވެއްޖެއެވެ.

އާބާދީގައި ދެ ހާހެެއްހާ މީހުން އުޅޭ ރ. މީދޫ ސްކޫލްގެ ދަރިވަރުން ސްކޫލް ފަހު އިމްތިހާނަށް ތައްޔާރު ވަމުން އަންނަ އިރު ކަރަންޓު ނެތުމުން ގިނަ ދަތި ތަކާއި ދަނީ ކުރިމަތިވަމުންނެވެ.

އަމީތު ވިދާޅުވީ ރައްޔިތުންގެ މި ކަންބޮޑުވުމާއި ގުޅިގެން ފެނަކަ އެމްޑީ ލައްމާނު އާއި ބައްދަލު ކުރަން އެދުމުން ބައްދަލު ނުކުރި ކަމަށެވެ. ނަމަވެސް ޗީފް ޓެކްނިކަލް އޮފިސަރާއި ބައްދަލުކުރައްވާފައިވާކަމަށާއި ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި މީދޫއަށް އާ ޖަނަރޭޓަރެއް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަކަމުގެ ޔަގީންކަން ޗީފް ޓެކްނިކަލް އޮފިސަރު ދެއްވި ކަމަށެވެ.