Last Updated: June 7, 13:49
Sunday, June 7, 2026
ޚަބަރު

ރިންގް ރޯޑުން ފިލާ ފެންނަން ހުރީ އެއީ ޖަންކްޝަނަކަށް ވާތީ: ޑރ. މުއިއްޒު

ސިނަމާލޭ ބްރިޖާއި ގުޅުވައިގެން ތަރައްގީކޮށްފައިވާ "ރިންގް ރޯޑު" ގެ އެކި ހިސާބުތަކުގައި ފިލާ ފެންނަން ހުރީ އެއީ ޖަންކްޝަން ތަކަކަށް ވާތީކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު ކުރެއްވި ޓްވީޓެއްގައި ފިލާފެންނަންހުރި ފޮޓޯއެއް ހިއްސާކުރައްވާ ވިދާޅުވީ ފޮޓޯއިން ފެންނަނީ ޖަންކްޝަނެއް ކަމަށެވެ. ޖަންކްޝަންގެ ލެވެލް އުސްކޮށް މަތިގަނޑު އަޅަންޖެހޭ ކުންފުންޏަށް އެކަން ކުރަން ވަގުތު ބޭނުންވާތީ މަގުހެދުން ލަސްނުކުރެވޭނެތީ، މަގުހެދިއިރު ފިލައެއް ބާއްވާފައިއޮތީ ކަމަށެވެ.

ރިންގް ރޯޑުގައި އަޅާފައިވާ ތާރުގަނޑުގެ މަތި ހަލާކުވެ އޭގެ އަޑީގައި ފިލާގަނޑެއް އޮތް ފޮޓޯއެއް އިއްޔެ ސޯޝަލް މީޑިއާގައި އާއްމުވެ ގިނަ ބައެއްގެ ފާޑުކިޔުންތައް މިނިސްޓަރު މުއިއްޒަށް އަމާޒުވެގެންދިޔައެވެ. އެގޮތުން ސިވިލް އިންޖީނިއަރިންގެ ދާއިރާއިން ތައުލީމު ހާސިލުކުރި ނަމަވެސް ޑރ. މުއިއްޒަކީ އެދާއިރާއަށް ހުރި ލަދެއްކަމަށް ބައެއް ފަރާތްތަކުން ސިފަކޮށްފައިވެއެވެ.

ބްރިޖްގެ ކޮންޓްރެކްޓަރާއި ހަވާޅުކުރެވިގެން ބްރިޖަށް ދަތުރުކުރާ މަގުތައް ފުޅާކުރުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ މެއި މަހުގެ ތެރޭގައެވެ. އެގޮތަށް މަގު ފުޅާކުރަން ނިންމީ ބްރިޖަށް ދަތުރުކުރާ މަގު ތޮއްޖެހުނަ ނުދިނުމަށެވެ.