Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ހަސަން ސައީދު މިނިވަންވެއްޖެ

ހަސަން ސައީދު ކޯޓަށް ހާޒިރުކުރުމަށް މާލެ ގެންނަނީ: ފޮޓޯ -ސަން

ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ހަސަން ސައީދު އިތުރަށް ބަންދުގައި ބަހައްޓަން ނުޖެހޭ ކަމަށް ކްރިމިނަލް ކޯޓުން ނިންމައި، އޭނާ މިނިވަން ކޮށްފިއެވެ.

ހަސަން ސައީދު މިނިވަން ކޮށްފައިވަނީ ހަތަރު މަހާއި 24 ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވަނިކޮށެވެ. ހަސަން ސައީދުގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމް އިއްވާފައިވަނީ ޖުލައި މަހުގެ 19 ވަނަ ދުވަހުގައެވެ.

ހަސަން ސައީދުގެ ޖަލުހުކުމް ތަންފީޒުވެ ނިމިފައިވާއިރު އޭނާ ބަންދުގައި ބަހައްޓާފައި ހުރީ އިތުރު މައްސަލައެއްގެ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން ކުރި ހުކުމަކަށް ފަހުއެވެ.

ފެބްރުއަރީ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރަކާއި ގުޅިގެން ހަސަން ސައީދު ހައްޔަރުކޮށްފައިވަނީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކުރުމަށް ފަހުގައެވެ.