އެމްޑީޕީން ރަނިންމޭތަކު ކަނޑައަޅާނީ އެކަމަށް އެންމެ ރަނގަޅު ވަގުތުގައި ކަމަށާއި އެބޭފުޅަކީ "އައްޑޫ" ބޭފުޅެއްކަމަށް އަނެއްކާވެސް ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.
ރޭ ޓީވީއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން އެމްޑީޕީގެ ރިއާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު ވިދާޅުވީ ބައެއް ޕާޓީތަކުން މިހާއަވަހަށް ރަނިން މޭޓް ކަނޑައަޅަންޖެހިގެން އުޅެނީ އެޕާޓީތަކުން ސިޔާސީ އެއްވެސް ހަރާތްތަކެއް ނުހިންގާ އަދި ކެމްޕެއިންގެ ހަރަކާތެއްވެސް ނުހިންގާ ، ކަމެއްކުރާކަން އާއްމުންނަށް ދެއްކުމަށްޓަކައިކަމަށެވެ.
ނަމަވެސް އެމްޑީޕީން އެމްޑީޕީން ރަނިންމޭޓަކު ކަޑައަޅާނީ އެކަމަށް އެންމެ އެކަށީގެންވާ ވަގުތުގައިކަމަށެވެ. އެގޮތުން އެޕަޓީން ނެރޭނީ އައްޑޫގެ ބޭފުޅެއް ކަމަށެވެ.
ރޭ ނަޝީދު ވިދާޅުވީ އެމްޑީޕީ އެކަނި ނުކުމެ ސެޕްޓެމްބަރު މަހުގައި ބާއްވާ ރިޔާސީ އިންތިހާބުގައި އެއްބުރުން އެހެން ޕާޓީތައް ބޮޑުކޮށް ބަލިކުރާނެ ކަމަށެވެ.
ރޭގެ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ޑީއާރްޕީ އާއި ވަޙިދުއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަފުޅު ދެއްކެވިއެވެ.