Last Updated: June 22, 13:53
Monday, June 22, 2026
ޚަބަރު

ހުޅުމާލޭގައި ކުޑަކުއްޖަކު ރޭޕްކޮށްލި މައްސަލައެއް ބަލަނީ

ފޮޓޯ: ޑެއިލީ ސަން

ހުޅުމާލޭގައި ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުން މަޢުލޫމާތު ދޭ ގޮތުގައި ކުޑަކުއްޖަކާއި ގަދަކަމުން ބެހެން އުޅުނުކަމުގެ މައްސަލައެއް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށާއި، އެ މައްސަލައާއި ގުޅިގެން އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި ހުޅުމާލޭގެ ޕާކެއްގެ ތެރޭގައި ޖިންސީ ގޯނާކޮށްފައި ވަނީ އުމުރުން 13 އަހަރުގެ ކުޑަ އަންހެން ކުއްޖަކަށެވެ. އަދި އެކަމުގައި އެކަކަށްވުރެ ގިނަ ބަޔަކު ބައިވެރިވެފައިވާ ކަމަށްވެސް މަޢުލޫމާތު ލިބެއެވެ.

މިފަހަކަށް އައިސް ރާއްޖޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މައްސަލަތައް ދަނީ އިތުރުވަމުންނެވެ. އެގޮތުން ޖެންޑާ މިނިސްޓްރީގެ މިދިޔަ އަހަރުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން، ކުޑަކުދިންނަށް ޖިންސީ އަނިޔާ ކޮށްގެން 418 މައްސަލައެއް އެ އިދާރާއަށް ހުށަހަޅާފައިވެ އެވެ.