މަޝްހޫރު ޓީވި ތަރި ކަމަށްވާ ހީނާ ޚާން ޗުއްޓީ ހޭދަކޮށްލުމަށްޓަކައި ރާއްޖެ އަތުވެއްޖެ އެވެ.
ހީނާ ރާއްޖެ އައިސްފައި ވަނީ އޭނާގެ ލޯބިވެރިޔާ ރޮކީ ޖެއިސްވާލް އާއެކު އެވެ. އެ ދެމީހުން ރާއްޖެގައި ޗުއްޓީ ހޭދަކުރަމުންދަނީ ޖުމެއިލާ ވިއްޓަވެލި މޯލްޑިވްސް ރިސޯޓުގައެވެ. ހީނާ ވަނީ އެ ރިސޯޓްގެ ހިތްގައިމު ބައެއް މަންޒަރުތައް އޭނާގެ އިންސްޓަގްރާމް މެދުވެރިކޮށް ފޭނުންނާއި ހިއްސާކޮށްފަ އެވެ.
https://www.instagram.com/p/BpyM-TZAe3m/?utm_source=ig_embed
ހީނާ ގިނަ ބައެއްގެ މަޤްބޫލްކަން ހޯދާފައި ވަނީ ސްޓާ ޕްލަސް އިން ގެނެސްދެމުން އަންނަ "ޔޭ ރިޝްތާ ކްޔާ ކެހެލާތާ ހޭ"ގައި އަކްޝަރާގެ ރޯލުންނެވެ. މިހާރު އޭނާ ދަނީ "ކަސޯޓީ ޒިންދަގީ ކީ"ގައި ކޮމޮލިކާގެ ރޯލް އަދާކުރަމުންނެވެ.
ހީނާ ވަނީ ރިއަލިޓީ ޝޯއެއް ކަމަށްވާ ބިގް ބޮސްގެ 11 ވަނަ ސީޒަންގައި ބައިވެރިވެފަ އެވެ.