Last Updated: June 9, 14:14
Tuesday, June 9, 2026
ޚަބަރު

މާލެ ނޫން ތަނެއްގައި ދާއިރާގެ އޮނިގަނޑަށް ބަދަލު ނުގެނައުމަށް ނިންމައިފި

ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ދާއިރާތައް ކަނޑައަޅާއިރު މާލެ ސިޓީގެ ހެންވޭރާއި މައްޗަނގޮޅި ފިޔަވައި ރާއްޖޭގެ އެހެން އެއްވެސް އަތޮޅެއް އަދި ސިޓީއެއްގެ ގޮނޑީގެ އޮނިގަނޑަށް ބަދަލު ނުގެނައުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

އީސީން މިއަދު ކުރި ޓުވީޓެއްގައި ބުނެފައިވަނީ މާލޭގެ ހެންވޭރު އަދި މައްޗަނގޮޅިއަށް ދެ ދާއިރާ އިތުރުކުރުން ފިޔަވައި، އެހެން އެއްވެސް ދާއިރާއަކަށް ބަދަލެއް ގެނެސްފައިނުވާ ކަމަށެވެ.

އީސީން މިކަން އިއުލާން ކޮށްފައިވަނީ އައްޑޫ ސިޓީގެ މަރަދޫ ފޭދޫއަށް ވަކި ދާއިރާއެއް، އަދި ހުޅުމީދޫ ވަކިކޮށް މީދޫ ވެސް ވަކި ދާއިރާއެއްގެ ގޮތުގައި ކަނޑައެޅުމުގެ ވާހަކަ ދެކެވުމަށް ފަހުގައެވެ.

އެންމެ ފަހުން ބޭއްވި މަޖިލިސް އިންތިޚާބުގައި ހުޅުމީދޫ އިން ހުޅުދޫ ވަކި ދާއިރާއެއްގެ ގޮތުގައި ކަނޑައަޅާފައިވާއިރު މީދޫ އާއި މަރަދޫ ފޭދޫ އެއްކޮށް އެއް ދާއިރާއެއްގެ ގޮތުގައި ކަނޑައެޅިއެވެ. އައްޑޫ ސިޓީގެ ހިތަދޫއަށް ވެސް އިތުރު ދާއިރާއެއް ކަނޑައަޅަން މަސައްކަތް ކުރި ނަމަވެސް އީސީގެ މިއެންގުމުން ހާމަވަނީ ކުރިއެކޭ އެއްފަދައިން މިފަހަރުވެސް ހިތަދޫ އިން ހޮވާނީ ތިން ކެންޑިޑޭޓުން ކަމެވެ.