Last Updated: June 9, 14:14
Tuesday, June 9, 2026
ޚަބަރު

ޑީޑީ އަނެއްކާވެސް މެދު ދާއިރާއަށް ކުރިމަތިލައްވަނީ

މިހިނގާ ރައްޔިތުންގެ މަޖިލީހުގައި ހިތަދޫ މެދު ދާއިރާ ތަމްސީލު ކުރައްވަމުން އަންނަ ރިޓަޔާޑް ބްރިގޭޑިއާ ޖެނެރަލް އިބްރާހިމް މުހައްމަދު ދީދީ ކުރިއަށް އޮތް ދައުރުގައި ވެސް މެދު ދާއިރާއަށް ވާދަ ކުރައްވަން ނިންމަވައިފިއެވެ.

އިބްރާހިމްދީ އާންމުކުރި ޕޯސްޓެއްގައި ދާއިރާ ތަމްސީލު ކުރައްވަން ބޭނުންވާ ކަން އިއުލާން ކޮށްފައިވާއިރު ޖެނެރަލް ޑީޑީ ވަނީ 2018 ވަނަ އަހަރަށް ލަފާ ކުރި ބަޖެޓުގައި ހިތަދޫ މެދު ދާއިރާގެ ތަރައްގީއަށް ވޯޓު ދެއްވާފައެވެ.

މީގެ އިތުރުން ވެސް އިބްރާހިމްދީ ވަނީ ދާއިރާއަށް ދިމާވެފައިވާ މަދިރީގެ މައްސަލައަށް ހައްލެއް ހޯއްދެވުމަށް އެކި ފަހަރު މަތިން މަސައްކަތް ކުރައްވާފައެވެ.

އިބްރާހިމްދީ ވިދާޅުވީ 2014 ވަނަ އަހަރު ރައްޔިތުން އެމަނިކުފާނަށް ކުރެއްވި އިތުބާރު އަންނަ އަހަރުވެސް ކުރައްވައި، ދާއިރާ ގެ ކުރިއެރުމަށް އޭނާ ހޮއްވަވާދެއްވުމަށް އެދިވަޑައިގެންފައެވެ.

މެމްބަރުކަން ކުރެއްވިޔަސް ޑީޑީއަށް ހިތަދޫ މެދު ދާއިރާގެ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރައްވަން ޖެހޭނެއެވެ. އެމްޑީޕީގެ ޓިކެޓުގައި އިންތިޚާބަށް ކުރިމަތިލެއްވޭނީ ޕްރައިމަރީ ކާމިޔާބު ކުރެއްވުމަށް ފަހުއެވެ.