Last Updated: June 7, 13:49
Sunday, June 7, 2026
ޚަބަރު

އިންތިޚާބުގައި ކޯލިޝަންއިން އެކުގައި ވާދަކުރަން ވަނީ ނިންމާފަ: މަހްލޫފް

ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ކޯލިޝަންއިން އެކުގައި ވާދަކުރަން ވަނީ ނިންމާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

މަހްލޫފް ކުރެއްވި ޓްވީޓެއްގައި އިތުރަށް ވިދާޅުވީ ދާއިރާ ލިބޭ ޕާޓީގެ ޓިކެޓް ދޭނީ ޕްރައިމަރީއެއް ބާއްވާފައިތޯ ނޫނީ ޕްރައިމަރީއަކާއި ނުލާތޯ ނިންމާނީ އެޕާޓީއަކުން ކަމަށެވެ.

މަހްލޫފް މިހެން ވިދާޅުވެފައިވާ އިރު ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައަޅާނީ ޕްރައިމަރީއަކަށް ފަހު ކަމަށް، އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ. މިކަމާއި ގުޅިގެން އެހެން ޕާޓީއަކުން އަދި ވަކިއެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

މަހްލޫފްގެ ޓްވީޓްގައި އޭގެ އިތުރަށް ވިދާޅުވީ އެ ހުރިހާ ކަމަކަށް ބަލާ އިންސާފު ކުރުމަށްފަހު އެންމެ ފަހު ބަސް ބުނާނީ ރައްޔިތުން ކަމަށެވެ.