Last Updated: June 22, 13:53
Monday, June 22, 2026
ޚަބަރު

ރައީސް ނަޝީދު އައްޑޫ އަށް ފުރާވަޑައިގެންފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު އައްޑޫ ސިޓީ އަށް ފުރާވަޑައިގަންނަވަނީ - ފޮޓޯ: ޓްވިޓާ (އެމްޑީޕީ)

ކުރީގެ ރައީސް މުހައްމަދު ނަޝީދު އައްޑޫ ސިޓީ އަށް ފުރާވަޑައިގެންފި އެވެ.

ނަޝީދުގެ މި ދަތުރުފުޅުގައި އައްޑޫ ސިޓީގެ ހުރިހާ ރަށަކަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވާއިރު، އެންމެ ފުރަތަމަ އެމަނިކުފާނު ބައްދަލުކުރައްވާނީ ފޭދޫގެ ރައްޔިތުންނާއި އެވެ.

މިއީ ދެއަހަރަށް ވުރެ ގިނަ ދުވަހު ގައުމުން ބޭރަށް އަރުވާލެވިގެން ހުންނެވުމަށް ފަހު މިމަހުގެ އެއްވަނަ ދުވަހު އެނބުރި ރާއްޖެ ވަޑައިގަތުމަށްފަހު، އަތޮޅުތެރޭގެ ރަށަކަށް ނަޝީދު ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.

އެމްޑީޕީ އިން މައުލޫމާތު ދޭގޮތުގައި ނަޝީދަށް މަރުހަބާ ދެންނެވުމަށް އެއާޕޯޓަށް ދާން ބޭނުންވާ ރައްޔިތުންނަށް އެފުރުސަތު ފަހި ކޮށްދީފައިވާ ކަމަށެވެ. އެގޮތުން މެންދުރު 13:30 ގައި ހިތަދޫ އުތުރު ދާއިރާއިން ފެށިގެން ހިލޭ ބަސް ދަތުރު އޮންނާނެ ކަމަށް އެމްޑީޕީން ބުނެއެވެ.

އެމްޑީޕީ އައްޑޫ ދާއިރާ އިން ވަނީ ރައީސް ނަޝީދު ވަޑައިގަންނަވާތީ އެކަން ކުލަގަދަ ކޮށް ފާހަގަކުރުމަށް މަސައްކަތް ކުރަމުންނެވެ. އައްޑޫއިން އަބަދުވެސް ނަޝީދަށް ބޮޑު ތަރުހީބެއް އޮންނަ ކަން ފާހަގަކޮށްލެވެއެވެ.