Last Updated: June 22, 13:53
Monday, June 22, 2026
ޚަބަރު

ރިޔާސީ އިންތިޚާބުގެ ވޯޓު ކަރުދާސްތައް ނައްތާލައިފި

ފޮޓޯ: ޓްވިޓާ

މިދިޔަ ސެޕްޓެމްބަރ މަހުގެ 23 ވަނަ ދުވަހު ރާއްޖޭގައި ބޭއްވި ރިޔާސީ އިންތިޚާބުގައި ވޯޓުލުމަށް ބޭނުންކުރި ކަރުދާސްތައް ނައްތާލައިފި އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ވާހަކަދައްކަވަމުން އެކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވީ ވޯޓު ކަރުދާސްތައް ނައްތާލަން ޝްރެޑްކޮށްފައިވާ ކަމަށާއި، މިއަދު ނޫނީ މާދަމާގެ ވަގުތެއްގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ޓީމްގެ އެހީތެރިކަމާއެކު އެ ކަރުދާސްކޮޅުތައް އަންދާލެވޭނެ ކަމަށެވެ.

ޝަރީފް ވިދާޅުވީ މިހާތަނަށް އެ ކަރުދާސްތައް ނައްތާނުލައި ރައްކާތެރިކަމާއެކު ބެހެއްޓީ، ރިޔާސީ އިންތިޚާބާއި ބެހޭގޮތުން ސުޕްރީމް ކޯޓަށް ހުށަހެޅުނު މައްސަލައިގެ ސަބަބުން ކަމަށެވެ. އަދި ވޯޓު ކަރުދާސްތަކާއި އެއާއި ގުޅުންހރުި އެހެނިހެން އެއްޗެހި ވެސް ޝްރެޑްކޮށް ނައްތާލެވިފައިވާ ކަމަށްވެސް ޝަރީފް ވިދާޅުވި އެވެ.

އެހެންނަމަވެސް ޝަރީފް ވިދާޅުވީ ރިޔާސީ އިންތިޚާބާއި ގުޅޭ އެއްވެސް ލިޔެކިޔުމެއް ނައްތާލާފައި ނުވާ ކަމަށާއި، އިންތިޚާބުގެ ރިޕޯޓާއި ވޯޓު ލީ މީހުންގެ ރަޖިސްޓްރީފަދަ މުހިންމު ލިޔުންތައް ކަނޑައެޅިފައިވާ މުއްދަތައް ބަލަހައްޓަމުން ގެންދާނެ ކަމަށެވެ.