އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފާއި ކޮމިޝަންގެ މެމްބަރު އަކުރަމް ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލުކޮށްފިއެވެ.
ޝަރީފާއި އަކުރަމް ފުލުސް އޮފީހަށް ހާޒިރުކުރީ ވޯޓު ކަރުދާސް ނައްތާލުމާއި ގުޅިގެންނެވެ. އީސީން މިއަދު ވަނީ ނިމިގެން ދިޔަ މަހުގެ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ވޯޓު ކަރުދާސް ނައްތާލާފައެވެ.
ޝަރީފް ފުލުހަށް ހާޒިރުވީ ވަކީލުންގެ ހާޒިރުގައެވެ. ރިޔާސީ އިންތިޚާބުން މަކަރު ހަދައި ވޯޓު އޮޅުވާލި ކަމުގެ ތުހުމަތު ޝަރީފާ ދެކޮޅަށް ކުރި ނަމަވެސް ސުޕްރީމް ކޯޓުން ވަނީ އިންތިޚާބު ބާތިލުކުރުމަށް ހުށައެޅި މައްސަލަ، އިންތިޚާބު ބާތިލު ނުކުރެވޭނެ ކަމަށް ކަނޑައަޅައި ނިންމަވާފައެވެ.
ނަމަވެސް ވޯޓުން މަކަރު ހެދިކަން ސާބިތުކުރުމަށް ފުލުހުން މައްސަލައެއް ބެލުމަށް ހުރަހެއް ނެތް ކަމަށް ހުކުމް އިއްވަމުން ފަނޑިޔާރު ވިދާޅުވިއެވެ.