Last Updated: July 22, 18:15
Tuesday, July 22, 2025
ޚަބަރު

ބާރަ މެމްބަރުންނާ ގާސިމް ބައްދަލުކުރައްވައިފި

މަޖިލިސް ރައީސް ގާސިމް މެމްަބަރުންނާ ބައްދަލުކުރެއްވުން: ފޮޓޯ - ޖޭޕީ

ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލުނު ކަމަށް ކަނޑައެޅުނު 12 މެމްބަރުންނާއި ޖުމުހޫރީ ޕާޓީގެ ލީޑަރ އަދި މަޖިލީހުގެ އާ ރައީސް، ގާސިމް އިބްރާހިމް މިއަދު ބައްދަލުކުރައްވައިފިއެވެ.

މެމްބަރުން ވަނީ އިއްޔެ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި ބައްދަލުކުރައްވާފައެވެ. އަދި އެބައްދަލުވުމުގައި މެމްބަރުންނަށް ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި ޕްރައިމަރީއެއްގައި ވާދަކުރުމަކާ ނުލާ ކޯލިޝަން ކެންޑިޑޭޓުންގެ ގޮތުގައި ވާދަކުރެވޭނެ ކަމުގެ ޔަގީންކަން އެރުވިއެވެ.

ގާސިމްގެ ބައްދަލުވުމާ ގުޅޭގޮތުން މައުލޫމާތެއް ހާމަކޮށްފައިނުވި ނަމަވެސް އިއްޔެ ކޯލިޝަނުގައި ހިމެނިވަޑައިގަންނަވާ ކުރީގެ ރައީސް މައުމޫން ވަނީ މެމްބަރުންނަށް ޓިކެޓު ޔަގީންކޮށްދިނީ ހަތަރު ލީޑަރުންވެސް އެއްބަސްވެގެން ކަން ހާމަކުރައްވާފައެވެ.

ނަމަވެސް މިއަދު ނަޝީދު ވަނީ އެމްޑީޕީން ދެކޭ ގޮތުގައި ޓިކެޓު ދޭން ވާނީ ޕްރައިމަރީއަކަށް ފަހު ކަމަށް ވިދާޅުވެފައެވެ.