Last Updated: July 26, 17:27
Sunday, July 26, 2026
ޚަބަރު

ހުވާކުރުމުގެ ކުރިން ލީޑަރުން ހަދާފައިވާ ޑީލު ހާމަކުރޭ: ޝަހީދު

މިމަހުގެ 17 ވާ ހޮނިހިރު ދުވަހު ކޯލިޝަންގެ ކެންޑިޑޭޓް، އިބްރާހިމް މުހައްމަދު ސޯލިހް(އިބޫ) ވެރިކަމުގެ ހުވާ ކުރެއްވުމުގެ ކުރިން، ކޯލިޝަންގެ ހަތަރު ލީޑަރުން ހެދި ޑީލުގެ ފުރިހަމަ މައުލޫމާތު ހާމަކުރެއްވުމަށް ކުރީގެ ފޮރިން މިނިސްޓަރ ޑރ. އަހުމަދު ޝަހީދު ގޮވާލައިފިއެވެ.

ޑރ. ޝަހީދު ކުރެއްވި ޓުވީޓެއްގައި ބުނެފައިވަނީ ކޯލިޝަން ލީޑަރުންގެ މެދުގައި ހެދުނު ޑީލު ރައްޔިތުންނަށް ހާމަ ނުކުރާ ނަމަ އާ ސަރުކާރަށް އިތުބާރެއް ނުކުރެވޭނެ ކަމަށެވެ.

އދ. އިންސާނީ ހައްގުތަކާ ބެހޭ ޚާއްސަ މުޝީރުގެ މަގާމުވެސް ފުރުއްވަމުން އަންނަ ޑރ. ޝަހީދު މިހެން ވިދާޅުވެފައިވަނީ ކޯލިޝަން ހަތަރު ލީޑަރުންގެ މެދުގައި އެއްބަސްވެ، ގޮނޑި ގެއްލުނު 12 މެމްބަރުންނަށް ޕްރައިމަރީއާ ނުލާ ޓިކެޓު ދޭން ނިންމުމާ ގުޅިގެންނެވެ.

އެ ނިންމުމުގެ ސަބަބުން ކޯލީޝަން ސަޕޯޓަރުންގެ މެދުގައިވެސް ޚިޔާލު ތަފާތުވުންތައް އުފެދިފައިވަނިކޮށް އެމްޑީޕީން ވަނީ އެ ޕާޓީން ޕްރައިމަރީ ބާއްވާނެ ކަމަށް ބުނެފައެވެ.