Last Updated: July 26, 17:27
Sunday, July 26, 2026
ޚަބަރު

ނަޝީދުގެ އައްޑޫ އޮފީހުގައި ތިމާވެށި ރައްކާތެރިކުރުމުގެ މަސައްކަތް

ނަޝީދު އައްޑޫ އޮފީސް ހުޅުއްވައިދެއްވަނީ؛ ފޮޓޯ - އެމްޑީޕީ

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އައްޑޫ އޮފީހުގައި ތިމާވެށި ރައްކާތެރިކުރުމުގެ މަސައްކަތް ކުރުމަށް އެމަނިކުފާނު ނިންމަވައިފިއެވެ.

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ރައްޔިތުން ހޭލުންތެރި ކުރުވައި ތިމާވެށި ހިމާޔަތް ކުރުމުގެ މަސައްކަތް އަބަދުވެސް ކުރައްވާ ނަޝީދު، އޮފީސް ހުޅުއްވައިދެއްވުމަށް ފަހު ވިދާޅުވީ މުޅި ދުނިޔެއެކޭ އެއްފަދައިން ދިވެހި ރާއްޖެއަށް ވެސް ތިމާވެއްޓާ ގުޅޭ ދެމެހެއްޓެނިވި ތަރައްގީ މުހިންމު ކަމަށެވެ.

އަދި އައްޑޫގައި އެމަނިކުފާނުގެ އޮފީހުގެ މައިގަނޑު މަގުސަދަކަށް ވާނީ ތިމާވެއްޓަށް ލިބޭ ގެއްލުމާ ގުޅޭ ގޮތުން ހޭލުންތެރި ކުރުވުމާއި ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ އޮފީސް އައްޑޫގައި ހުޅުވާފައިވަނީ ހިތަދޫ މެދު ދާއިރާގެ، ރޯޔަލް ޕާލް ޝޮޕް ކުރިމަތީގައެވެ.