Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

އެމެރިކާ ކޮންގްރެސްއަށް ފުރަތަމަ ފަހަރަށް އަންހެން ދެ މުސްލިމުން އިންތިޚާބުވެއްޖެ

އެމެރިކާގެ މިޑްޓާމް އިންތިޚާބުތައް ކުރިއަށްދާއިރު ފުރަތަމަ ފަހަރަށް އެގައުމުގެ ތާރީޚުގައި ކޮންގްރެސްއަށް މުސްލިމް ދެ އަންހެނުން އިންތިޚާބު ވެއްޖެއެވެ.

މިއީ ކޮންގްރެސްއަށް މުސްލިމް އަންހެނަކު އިންތިޚާބުވި ފުރަތަމަ ފަހަރެވެ. އިންތިޚާބު ވެފައިވަނީ މިޝިގަން އިން ރާޝިދާ ތޯލިބް އަދި މިނިސޯޓާއިން އިލްހާން އުމަރްއެވެ.

ރާޝީދާ ތޯލިބް އިންތިޚާބުވީ ޑިމޮކްރެޓް ޕާޓީގެ ފަރާތުން ވާދަކޮށްގެނެވެ. އެދާއިރާއަށް ރައީސް ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީން ވާދަކޮށްފައެއް ނުވެއެވެ. އިލްހާންވެސް ވާދަކޮށްފައިވަނީ ޑިމޮކްރެޓް ޕާޓީގެ ފަރާތުންނެވެ.

މިޑްޓާމް އިންތިޚާބުތަކުގެ ގިނަ ގޮނޑިތައް ކާމިޔާބުކޮށްފައިވަނީ ޑިމޮކްރެޓް ޕާޓީންނެވެ. މިހާތަނަށް 435 ގޮނޑީގެ ތެރެއިން 398 ގޮނޑި ގުނާފައިވާއިރު ޑިމޮކްރެޓިކް ޕާޓީން ވަނީ 208 ގޮނޑި ކާމިޔާބު ކޮށްފައެވެ. ރިޕަބްލިކަންއަށް ކާމިޔާބު ކުރެވުުނީ 190 ގޮނޑިއެވެ.