Last Updated: June 9, 13:18
Tuesday, June 9, 2026
ޚަބަރު

އިބޫއާއެކު ގާސިމްވެސް އުމްރާއަށް

އިންތިޚާބީ ރައީސް، އިބްރާހިމް މުހައްމަދު ސޯލިހާއެކު ޖުމުހޫރީ ޕާޓީގެ ލީޑަރ، ގާސިމް އިބްރާހިމް ވެސް މިއަދު ކުރު އުމްރާއަކަށް ސައުދީއަށް ފުރާވަޑައިގެންފިއެވެ.

ދެބޭފުޅުންނާއެކު އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ވެސް ވަނީ އުމްރާއަށް ވަޑައިގެންފައެވެ. އިބޫގެ މިއުމްރާ ދަތުރުފުޅަށް ފަހު ސައުދީގެ ބައެއް އިސް އޮފިޝަލުންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

އުމްރާ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު އިއްތިހާދުގެ ވަފުދު އެނބުރި ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހުގައެވެ.

އިބޫ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހަފްތާގެ ހޮނިހިރު ދުވަހުގައެވެ.