Last Updated: July 26, 13:56
Sunday, July 26, 2026
ޚަބަރު

ލިންކު ރޯޑުން ކާރެއް ފުރޮޅާލައިފި

އައްޑޫ ލިންކު ރޯޑުން ދަތުރުކުރި ކާރެއް ފުރޮޅާލައި އެކްސިޑެންޓެއް ހިނގައިފިއެވެ.

މިއެކްސިޑެންޓު ހިނގާފައިވަނީ ކުނިކޮށި ހުންނަ ސަރަހައްދުންނެވެ. ކާރު ފުރޮޅާލައި ބޮޑެތި ގެއްލުންތަކެއް ކާރެއް ލިބުނު ނަމަވެސް މީހަކަށް އަނިޔާވެފައެއް ނުވެއެވެ.

އެކްސިޑެންޓު ހިނގިއިރު ދެމީހަކު ކާރު ތެރޭގައި ތިބި ކަމަށް "އައްޑޫލައިވް" އަށް މައުލޫމާތު ލިބިފައިވެއެވެ. ދެމީހުންވެސް ވަނީ ބޮޑު އަނިޔާއެއް ނުވެ ސަލާމަތް ވެފައެވެ.

މިސަރަހައްދުގައި މިހާރު ފުލުހުން ހަރަކާތްތެރިވަމުން އަންނައިރު ފުލުހުން ވަނީ މައްސަލަ އިތުރަށް ތަހުގީގު ކުރަން ފަށާފައެވެ.