ރައީސް ނަޝީދުގެ ސަރުކާރުގައި ޑިފެންސް މިނިސްޓަރަކަށް ހުންނެވި ތޮލްހަތް ކަލޭފާނު މިއަދު މިނިވަން ކޮށްފިއެވެ.
ރައީސް ނަޝީދާއެކު ކްރިމިނަލް ކޯޓުގެ އިސް ގާޒީ ހައްޔަރުކުރުމުގެ ކުށުގައި ތޮލްހަތް ކަލޭފާނުގެ މައްޗަށް ވެސް ޓެރަރިޒަމްގެ ކުށް ސާބިތުވެ 10 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. އެ ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، ހައި ކޯޓުން ވަނީ ކްރިމިނަލް ކޯޓުގެ ހުކުމަށް ތާއީދުކޮށްފައެވެ.
ނަމަވެސް އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށައެޅީ ސިޔާސީ ގޮތުން އިއްވި ހުކުމެއް ކަމަށް ބުނެ އިތުރަށް މުރާޖައާ ކުރުމަށެވެ.
ސުޕްރީމް ކޯޓުން މައްސަލަ ބެއްލެވުމަށް ފަހު ހުކުމް ކޮށްފައިވަނީ ކްރިމިނަލް ކޯޓުން އިއްވި ޖަލު ހުކުމް ތަންފީޒު ކުރުން ފަސް ކުރުމަށާއި އެކަމާއި ގުޅިގެން އިތުރަށް ފިޔަވަޅެއް ނޭޅުމަށެވެ.
ނަމަވެސް ތޮލްހަތް ކަލޭފާނު ވަނީ 2016 ވަނަ އަހަރު ޖަލު ބަންދުން މިނިވަންވެ، ގޭބަންދަށް ބަދަލުކޮށްފައެވެ.