އިދިކޮޅު އެންމެ ބޮޑު ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާޕާސަން، އަލްއުސްތާޛް ހަސަން ލަތީފް ވެސް ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއަކަށް ކުރިމަތިލައްވަން ނިންމަވައިފި އެވެ.
ހަސަން ވަނީ މި ޚަބަރު އޭނާގެ ރަސްމީ ޓްވިޓާ އެކައުންޓް މެދުވެރިކޮށް އިއުލާންކުރައްވާފައެވެ.
Assalaam Alaikum.
Rayyithunge Majileehuge Henveiru Hulhangu Dhaairaa (T14) ge @MDPSecretariat Primary gai vaadha kurumah Alhugandu nimmaifin.
Shukuriyya.— Hassan Latheef🎈 (@HassanLatheef) November 8, 2018
ހަސަން މިއަދު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރުމަށް ނިންމަވާފައިވާ ކަމަށެވެ. ހެންވޭރު ހުޅަނގު ދާއިރާއަކަށް އަލަށް މަޖިލީހަށް އިތުރު ކުރި ދާއިރާ އެކެވެ.
ހަސަން އަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އުފުލި ޓެރަރިޒަމްގެ ދައުވާގައި އެމަނިކުފާނުގެ ދިފާޢީ ވަކީލެއްގެ ގޮތުން މަސައްކަތް ކުރެއްވި ބޭފުޅެކެވެ. މީގެ އިތުރުން ހަސަން ވަނީ އެމްޑީޕީގެ ސަރުކާރުގައި ޔޫތު މިނިސްޓަރުކަންވެސް ކުރައްވާފަ އެވެ.