ރައްޔިތުންގެ ޙައްޤުތައް ހޯދައިދެވޭނީ ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނަވާ ބޭފުޅަކު ހަމަ މަގުން ކައްސާލައިފިނަމަ، އެބޭފުޅަކާއި ދެކޮޅަށް ތެދުވުމުގެ ޤާބިލްކަން ހުރެގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެ އެވެ.
މުސްތަފާ މިހެން ވިދާޅުވެފައި ވަނީ މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.
Rahyithunge haggu thah hoadha dheveynee! MP ah eyna aky MP eh kan ingigen, Rayyithunge haggu thah hoadha dhinunumuge zinmaa bolu alhaagen huri meeheh kan eyna ah ingi gen, RJ hama magun kahsaalaafinama RY aai Dhekolhah me thedhuvihen thedhu vumuge qaabilu kan MP kibaaga huregen,
— Mohamed Musthafa (@Thimarafushi) November 8, 2018
އެ ޓްވީޓްގައި މުސްތަފާ ވިދާޅުވެފައި ވަނީ ރައްޔިތުންގެ ޙައްޤުތައް ހޯދަައިދެވޭނީ މަޖިލިސް މެމްބަރުންނަށް، އެ ބޭފުޅުންނަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ކަމާއި، ރައްޔިތުންގެ ޙައްޤުތައް ހޯދައިދިނުމުގެ ޒިންމާ ބޮލުއަޅައިގެން ތިއްބެވި ބޭފުޅުންކަން އެނގިގެން ކަމަށެވެ.
"ރައީސުލްޖުމްހޫރިއްޔާ ހަމަ މަގުން ކައްސާލައިފިނަމަ، ރައީސް ޔާމީން އާއި ދެކޮޅަށް މި ތެދުވިހެން ތެދުވުމުގެ ޤާބިލްކަން މެމްބަރުންގެ ކިބައިގައި ހުރެގެން"، އެ ޓްވީޓްގައި މުސްތަފާ ވިދާޅުވެފައި ވެއެވެ.
މުސްތަފާ އަކީ އިލެކްޝަންސް ކޮމިޝަން (އީސީ) އިން ގޮނޑި ގެއްލުނު ކަމަށް ކަނޑައެޅި މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. ނަމަވެސް ސުޕްރީމް ކޯޓް ވަނީ މިދިޔަ މަހު އީސީގެ ނިންމުން ގޯސް ކަމަށް ކަނޑައަޅައި، މުސްތަފާގެ ގޮނޑި ނުގެއްލޭ ކަމަށް ޙުކުމްކޮށްފަ އެވެ.