އިންތިޚާބީ ރައީސް، އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ސަރުކާރެއްގައި ސިޔާސީ މަޤާމްތަކަށް ކުރާ ޚަރަދު ކުޑަކުރައްވާނެކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.
މަހުލޫފް މިހެން ވިދާޅުވެފައި ވަނީ، ދައުލަތުގެ ބަންޑާރަ ނައިބު ހިމެނޭހެން އިބޫގެ ސަރުކާރެއްގައި 23 މިނިސްޓަރުން ތިއްބަވާނެ ކަމަށް ބުނެ "ވަގުތު" ނޫހުން ޝާއިޢުކޮށްފައިވާ ލިޔުމެއްގެ ފޮޓޯއެއް އެޓޭޗް ކުރައްވައި ކުރެއްވި ޓްވީޓެއްގަ އެވެ.
Miee kandaelhigen goas mauloomaatheh.
Yameen ge sarukaarun siyaasee magaamuthakah konme mahaku ethah satheyka million rufiyaa eh kharadhu kuramun gengossa vaairu, Hon. @ibusolih ge sarukaarun e adhadhu varah bodah dhahkuravvaanekan yageen. pic.twitter.com/Iv6jTYB8Js
— Ahmed Mahloof (@AhmedMahloof) November 8, 2018
އެ ލިޔުމަށް ރައްދުދެއްވައި މަހުލޫފް ކުރެއްވި ޓްވީޓްގައި ވިދާޅުވެފައި ވަނީ އެއީ ކަނޑައެޅިގެން ގޯސް މަޢުލޫމާތެއް ކަމަށެވެ.
އަދި ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ ސަރުކާރުން ސިޔާސީ މަޤާމްތަކަށް ކޮންމެ މަހަކު އެތައް ސަތޭކަ މިލިއަން ރުފިޔާއެއް ޚަރަދުކުރަމުން ގޮސްފައިވާއިރު، އިބޫގެ ސަރުކާރުން އެ އަދަދު ވަރަށް ބޮޑަށް ދަށްކުރައްވާނެކަން ޔަޤީން ކަމަށްވެސް މަހުލޫފް ވިދާޅުވި އެވެ.