ސިޔާސީ ޕާޓީ ބަދަލުކުރިޔަސް، ކޮރަޕްޝަނާއި ޚިޔާނަތުގެ މައްސަލަތައް ބަލަންޖެހޭނެ ކަމަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޝެއިޚް އިލްޔާސް ހުސެއިން ވިދާޅުވެއްޖެ އެވެ.
ޝެއިޚް އިލްޔާސް މިހެން ވިދާޅުވީ ރޭ ކުރެއްވި ޓްވީޓެއްގަ އެވެ.
Party badhaluvikamugai viyas
Corruption adhi bodethi khiyaanathuge massalathah insaafuverigothakah belenjeheyne
evves bayakah insaafun rekigen dhevigen nuvaane anooniyyah Qaumah dhuvahakuves amaan kamai hamajehumeh nulibeyne— Ilyas Hussain (@shkilyas) November 8, 2018
އެ ޓްވީޓްގައި ޝެއިޚް އިލްޔާސް ވިދާޅުވެފައި ވަނީ ޕާޓީ ބަދަލުވިކަމުގައިވިޔަސް، ކޮރަޕްޝަނާއި ބޮޑެތި ޚިޔާނާތުގެ މައްސަލަތައް އިންސާފުވެރި ގޮތަކަށް ބެލެންޖެހޭނެ ކަމަށެވެ.
އަދި އެއްވެސް ބަޔަކަށް އިންސާފުން ރެކިގެން ދެވިގެން ނުވާނެ ކަމަށާއި، އެހެން ނޫން ނަމަ، ޤައުމަށް ދުވަހަކުވެސް އަމާންކަމާއި ހަމަޖެހުމެއް ނުލިބޭނެ ކަމަށްވެސް ޝެއިޚް އިލްޔާސް ވިދާޅުވި އެވެ.
ޝެއިޚް އިލްޔާސް މިހެން ވިދާޅުވިއިރު، ރައީސް ޔާމީންގެ ސަރުކާރު ދިފާޢު ކުރެއްވުމުގައި އިސްކޮށް އުޅުއްވި ބައެއް ބޭފުޅުން އިންތިޚާބީ ރައީސް، އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ސަރުކާރާ ގުޅިވަޑައިގަންނަވަން އުޅުއްވާ ކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ. އެހެންނަމަވެސް ކޮރަޕްޝަނާއި ޚިޔާނާތުގެ ޢަމަލުތައް ހިންގާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނެސް، އެ ފަރާތްތަކަށް ޙައްޤު އަދަބު ދެއްވާނެ ކަމަށް އިބޫ ވަނީ ރިޔާސީ ކެމްޕެއިންގެ ތެރޭގައި ވިދާޅުވެފައެވެ.