ރ. އުނގޫފާރު ކައިރިއަށް ލޯންޗެއް ބަންޑުން ޖަހާލައިފި އެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސް އިން ބުނާ ގޮތުގައި ނ. ރޮބިންސަން ރިސޯޓުން ފުރައިގެން ދަތުރުކުރަމުން ދިޔަ ލޯންޗެއް ނ. ފޮއްދޫ އާއި ރ. އުނގޫފާރާއި ދޭތެރެއަށް ބަންޑުން ޖަހާލާފައިވާ ކަމަށެވެ. އަދި އެ ސަރަޙައްދުގައި ފުލުހުން ދަނީ މިހާރު ޙަރަކާތްތެރިވަމުން ކަމަށްވެސް މަޢުލޫމާތު ލިބެއެވެ.
މި ހާދިސާ ހިނގިއިރިޔ ލޯންޗްގައި ތިން މީހުން ތިބި ކަމަށާއި، އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށްވެސް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ އެ ތިން މީހުންނާއެކު ލޯންޗު ކަފުޖަހައިގެން ރ. އަތޮޅަށް ގެންދިއުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.