Last Updated: June 11, 09:15
Thursday, June 11, 2026
ޚަބަރު

ރަނގަޅު ގޮތަކީ އާސިމް އިސްތިއުފާ ދިނުން: މުންދު

ފޮރިން މިނިސްޓްރީގެ އަންހެން މުވައްޒަފަކަށް އެތަނުގެ އިސް ބޭފުޅަކު ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި މިހާތަނަށް ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް އެއްވެސް އެއްޗެއް ވިދާޅުނުވުމުން ރަނގަޅު ގޮތަކީ އާސިމް މަގާމުން އިސްތިއުފާ ދެއްވުންކަމަށް ރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައިވާ ސަފީރު މުހައްމަދު ޝަރީފް (މުންދު) ވިދާޅުވެއްޖެ އެވެ.

މުންދު ވިދާޅުވީ ފޮރިން މިނިސްޓްރީން ހަމައެކަނި ބަޔާނެއްް ނެރުމަކުން ނުފުދޭކަމަށާއި ޖިންސީ ފުރައްސާރައިގެ ތުހުމަތާއި ގުޅިގެން ފޮރިން މިނިސްޓަރ ޖަވާބުދާރީވާން ޖެހޭކަމަށެވެ.

މުންދު ވިދާޅުވީ ފޮރިން މިނިސްޓްރީ އަކީ ގަދަރުވެރި ވުޒާރާއެއް ކަމަށާއި، އެތަނުގެ ވެރިއަކަށް އެފަދަ ތުހުމަތެއް ކުރެވޭއިރު މުޅި ވުޒާރާގެ އަގު ދުނިޔޭގެ ގައުމު ތަކުގެ ކުރިމަތީގައި ވެއްޓިގެންދާނެކަމަށެވެ.

ފޮރިން މިނިސްޓްރީން މިދިޔަ އަހަރުގެ މެދުތެރޭގައި ރާއްޖޭން ބޭރަށް ކުރި ދަތުރެއްގައި އެތަނުގެ އަންހެން މުވައްޒަފަކަށް ޖިންސީ ގޯނާކުރިކަމުގެ އަޑުަތަކެއް ފެތުރިފައިވަނީ ސޯޝަލް މީޑިއާގައެވެ، މި ވާހަކަތައް ސިއްރުކުރުމަށް އަންހެން މުވައްޒަފަށް ބިރު ދެއްކިކަމަށްވެސް ސޯޝަލް މީޑިއާގައި ހަބަރު ފެތުރިފައިވެއެވެ.