ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ނައިބު ރައީސް، އަހުމަދު އަދީބުގެ ސިއްހީ ހާލު ގޯސްވެ އެމަޖެންސީގައި ގެނެސް، އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާ ދެމުން އެބަ ގެންދެއެވެ.
ޚަބަރު ލިބޭ ގޮތުގައި އަދީބު މާލެ ގެނެސްފައިވަނީ ހެނދުނުއްސުރެ ބަނޑުގައި ރިއްސައި، ޖަލު ޑޮކްޓަރަށް ދެއްކުމުން ވެސް ލުޔެއް ނުލިބި އެތައް ގަޑިއިރެއް ވުމުންނެވެ.
އަދި މިހާރު އައިޖީއެމްއެޗުގައި އަދީބަށް އެމަޖެންސީގައި ފަރުވާ ދެމުން އަންނަ އިރު ކިޑްނީގައި ހިލަ އުފެދި، ޑޮކްޓަރުން ވަނީ އެއަށް ފަރުވާ ކުރަން ފަށާފައެވެ.
އައިޖީއެމްއެޗް އަދި ކަރެކްޝަނަލް ސާވިސް އިން ވެސް މިކަމާ ގުޅޭ ގޮތުން އިތުރު މައުލޫމާތެއް އަދި ހާމަކޮށްފައެއް ނުވެއެވެ.