ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބޭސް ފަރުވާގެ ހައްގުން މަޙްރޫމް ނުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު، އަހުމަދު ފާރިސް މައުމޫން ގޮވާލައިފިއެވެ.
އަދީބުގެ ކިޑްނީގައި ހިލަ އުފެދި ވަރަށް ބޮޑު ވޭނެއްގައި އިއްޔެ ހެނދުން ފެށިގެން އޮތް އިރު އާއިލާއިން ބުނެފައިވަނީ އެމަޖެންސީގައި އައިޖީއެމްއެޗަށް ގެނައީ އިއްޔެ އިރު އޮއްސެނިކޮށް ކަމަށެވެ.
އަދީބުގެ ބޭސްފަރުވާގެ ހައްގަށް ދައުލަތުން އަރައިގަންނަ ކަމަށް މީގެ ކުރިންވެސް އާއިލާއާއި ވަކީލުން ތުހުމަތުކޮށްފައިވާއިރު ފާރިސް، އެހައްގު ފޯރުކޮށްދިނުމަށް ގޮވާލާފައިވަނީ ޓުވީޓެއް މެދުވެރިކޮށެވެ.
އަހަރަކަށް ވުރެ ގިނަ ދުވަސް ޖަލުގައި ހޭދަކޮށްފައިވާ ފާރިސް ވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދިން ކަމުގެ ތުހުމަތުގައި ހައްޔަރުކޮށް ގިނަ ދުވަހު ޖަލުގައި ބާއްވާފައެވެ.