Last Updated: June 9, 13:15
Tuesday, June 9, 2026
ކުޅިވަރު

ސްޓާލިންގ ގެ ކޮންޓްރެކްޓު އާކޮށްފި

getty

މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ އިނގިރޭސި ފޯވާޑް، ރަޙީމް ސްޓާލިންގ އޭނާގެ ކޮންޓްރެކްޓު އިތުރު ފަސް އަހަރަށް އާކޮށް، 2023 ވަނަ އަހަރާ ހަމައަށް ސިޓީގައި މަޑުކުރުމަށް އެއްބަސްވެއްޖެއެވެ.

ސިޓީގެ ފޯވާޑު ލައިނުގައި ކަނާތު ފަޅިން މުހިންމު ރޯލެއް ކުޅެމުން އަންނަ ސްޓާލިންގ، ކުލަބުގައި މަޑު ކުރުމަށް އެއްބަސްވެފައި މިވަނީ އޭނާ ކުލަބު ދޫކޮށްލަން އުޅޭ ކަމުގެ އަޑުތައް ފެތުރިފައިވަނިކޮށެވެ.

ސްޓާލިންގ ބުނެފައިވަނީ އޭނާގެ ވީޑިއޯތައް ބަލާލުމުން އޭނާގެ މޮޅުކަން އިހުސާސު ކުރެވިފައިވާ ކަމަށެވެ. އަދި ގާޑިއޯލާ އާއި އޭނާގެ އެސިސްޓެންޓު އާޓޭޓާގެ ރޯލު، އޭނާގެ ކުޅުމުގެ ފެންވަރު ރަނގަޅުވުމުގައި ބޮޑު ކަމަށްވެސް ސްޓާލިން ބުނެފައިވެއެވެ.

އުމުރުން 18 އަހަރުގައި ލިވަޕޫލް އިން ވިދާލި ސްޓާލިންގ ވަނީ މެންޗެސްޓާ ސިޓީއާ ގުޅުމަށް ފަހު އިނގިރޭސި ޕްރިމިއާ ލީގު މިދިޔަ ސީޒަނުގައި ކާމިޔާބުކޮށްފައެވެ. އޭނާގެ 23 ލަނޑު ނިމިގެން ދިޔަ ސީޒަނުގައި ފެނިގެން ގޮސްފައިވާއިރު 14 ލަނޑު ފެނިގެން ދިޔައީ ލީގުގައެވެ.