Last Updated: April 18, 03:29
Thursday, April 18, 2024
ޚަބަރު

ލަންކާގެ ގާނޫނު ހަދާ މަޖިލިސް އުވާލައިފި

ސްރީ ލަންކާގެ ގާނޫނު ހަދާ މަޖިލިސް އުވާލުމަށް ރައީސް، މައިތިރިޕާލާ ސިރިސޭނާ އިއްޔެ ގަރާރެއްގައި ސޮއިކުރައްވައިފިއެވެ.

ސިރިސޭނާ މަޖިލިސް އުވާލެއްވީ މަޖިލީހުގެ މެޖޯރިޓީ ނުލިބޭނެ ކަން ކަށަވަރުވުމުންނެވެ. މަޖިލިސް އުވާލުމުން ޖެނުއަރީ މަހު އާ މަޖިލީސް އިންތިޚާބެއް ބޭއްވުމަށް މަޖުބޫރުވާނެއެވެ.

ލަންކާގެ ސިޔާސީ މަސްރަހު ގޯހުން ގޯހަށް ގޮސްފައިވަނީ ބޮޑު ވަޒީރުގެ މަގާމުން ރަނިލް ވަކިކުރުމަށް ފަހު ކުރީގެ ރައީސް މަހިންދަ ރާޖަ ޕަކްސަ އެ މަގާމަށް އައްޔަން ކުރުމާ ގުޅިގެންނެވެ.

ސިޔާސީ އިސް ފަރާތްތަކުން، ޚާއްސަކޮށް ލަންކާގެ ގާނޫނު ހަދާ މަޖިލީހުން ވަނީ ރައީސްގެ އެ އަމަލަކީ ގާނޫނު އަސާސީއާ ޚިލާފަށް ކުރި ކަމެއް ކަމަށް ބުނެފައެވެ.

އަދި ރަނިލް ވަނީ ބޮޑުވަޒީރުކަމުން ވަކިކުރުމުގެ ބާރެއް ރައީސަކަށް ނޯންނާނެ ކަމަށާއި މަޖިލީހުގެ މެޖޯރިޓީ އަދިވެސް އޮތީ އޭނާ އަތުގައި ކަމަށް ވިދާޅުވެފައެވެ.