ދިވެހިރާއްޖޭގެ 50 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މޯލްޑިވްސް ނޭޝާނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބާއްވާ ޝަރަފުގެ ހިނގާލުން މާދަމާ މާލެ ސިޓީގައި ބާއްވާގޮތަށް ހަމަޖެހިއްޖެއެވެ.

އެމްއެންޑީއެފް އިން ބުނީ މި ޝަރަފުގެ ހިނގާލުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު 16:00 ގައި ސިފައިންގެ މައި މަރުކަޒު ބަންޑާރަކޮށިން ނިކުމެ، ބޮޑުތަކުރުފާނު މަގުން އިރަށްގޮސް ބޮޑުތަރުފާނު މަގުން ކަޅުތުއްކަލާކޮށްޓަށް ކަމަށެވެ.
މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ މި ޝަރަފުގެ ހިނގާލުން ތިން ސަރަހައްދެއްގައި ހުއްޓުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ކާނިވާ ކުރިމަތީ ހުންނަ ޕެޓްރޯލް ޝެޑް ކައިރި، ދަރުބާރުގެ ކައިރި އަދި ވިލާ ކޮލެޖް ކައިރީގައި ކަމަށްވެސް އެމްއެންޑީއެފް އިން ބުނެއެވެ.