Last Updated: June 20, 11:49
Saturday, June 20, 2026
މުނިފޫހިފިލުވުން

ޝާހިދް އާއި މީރާގެ ހަނގު ދަރިފުޅުގެ ފުރަތަމަ ފޮޓޯ ދައްކާލައިފި

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ޝާހިދް ކަޕޫރް އާއި އޭނާގެ އަނބިމީހާ މީރާ ރާޖްޕޫތުގެ ހަނގު ދަރިފުޅު، ޒައިން ކަޕޫރްގެ ފުރަތަމަ ފޮޓޯ ދައްކާލައިފި އެވެ.

ޒައިންގެ ފުރަތަމަ ފޮޓޯ މީރާ ވަނީ އޭނާގެ އިންސްޓްގަރްމާް އެކައުންޓް މެދުވެރިކޮށް ފޭނުންނާއި ހިއްސާކޮށްފަ އެވެ.

ޝާހިދް އާއި މީރާގެ ދެވަނަ ދަރިފުޅު އުފަންވީ މިދިޔަ ސެޕްޓެމްބަރު މަހުގެ ފަސް ވަނަ ދުވަހު އެވެ. މިހާރު ވެސް އެ ދެމަފިރިންގެ އުމުރުން 2 އަހަރުގެ އަންހެން ދަރިއަކު ހުރެއެވެ. އެ ކުއްޖާއަށް ކިޔަނީ މީޝާ ކަޕޫރް އެވެ.

ޒައިންގެ ފޮޓޯ އާންމުކުރުމާއި ގުޅިގެން އެ ދެމަރިފިންގެ ރައްޓެހިންނާއި ފޭނުންގެ ތަޢުރީފާއި ހެޔޮ އެދުންތައް ދަނީ ޓްވިޓާ އާއި އިންސްޓަގްރާމްގައި އޮހެމުންނެވެ.