Last Updated: July 26, 13:56
Sunday, July 26, 2026
ޚަބަރު

މުންދު މަގާމުން އިސްތިއުފާ ދެއްވައިފި

މުހައްމަދު ހުސެއިން ޝަރީފް(މުންދު): ފޮޓޯ - މިހާރު ނިއުސް

ދިވެހި ރާއްޖެއިން ސްރީ ލަންކާއަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރު، މުހައްމަދު އިބްރާހިމް ޝަރީފް(މުންދު) އެ މަގާމުން މިއަދު އިސްތިއުފާ ދެއްވައިފިއެވެ.

މުންދު މަގާމުން އިސްތިއުފާ ދެއްވީ ރައީސް ޔާމީން ގެ ސަރުކާރު ނިމެން ހަފްތާއަކަށް ވެފައިވަނިކޮށެވެ. މުންދު އަކީ ރައީސް ޔާމީނަށް ވަރަށް ބޮޑަށް ތާއީދު ކުރައްވައި އިދިކޮޅު ފަރާތްތަކަށް އެންމެ ބޮޑަށް ފާޑުވިދާޅުވަމުން ގެންދެވި އެއް ބޭފުޅާއެވެ.

އޭނާއަކީ ޕީޕީއެމްގެ ކޮންގްރެސްގައި ޕާޓީގެ ސެކެޓްރީ ޖެނެރަލްގެ މަގާމަށް ވެސް އައްޔަން ކުރެއްވި ބޭފުޅާއެވެ. މުންދު މަގާމަށް އައްޔަން ކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގައެވެ.