Last Updated: June 9, 11:45
Tuesday, June 9, 2026
ޚަބަރު

ޕީޕީއެމް ލޫޓުވާލާފަ އަނެއްކާ އާ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފަށައިފި: އަމީތް

ޕީޕީއެމް ކޮންގްރެސް ތެރެއިން ރައީސް އަބްދުﷲ ޔާމީން-

ޕީޕީއެމް ލޫޓުވާލުމަށް ފަހު "ޑީފެކްޝަނުން" އަނެއްކާވެސް އާ ސިޔާސީ ޕާޓީއެއް އުފައްދަން މަސައްކަތް ކުރަމުން ގެންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވެއްޖެއެވެ.

އަމީތު ވަނީ "ޑީ ފެކްޝަނުން" އާ ޕާޓީއެއް އުފެއްދުމަށް ކުރާ މަސައްކަތް ހުއްޓުވައި، އެކަން ކުރުމުގެ ފުރުސަތު ނުދިނުމަށް އިލެކްޝަންސް ކޮމިޝަނަށް ގޮވާލާފައެވެ. ރައީސް ޔާމީން ޕީޕީއެމްގެ ލީޑަރުގެ މަގާމު ހޯދައިދިނީ ސިވިލް ކޯޓަށް ހުށައެޅި މައްސަލައެއްގައި އެ ކޯޓުންނެވެ.

ނަމަވެސް އިންތިޚާބުން އެމަނިކުފާނު ބަލިވިތާ މާ ގިނަ ދުވަސްތަކެއް ނުވެ ޕާޓީގެ ކޮންގްރެސް ބާއްވައި، އެމަނިކުފާނަށް ވަނީ ލީޑަރުކަން ދީފައެވެ. އިލެކްޝަންސް ކޮމިޝަނުން ވަނީ އިޖުރާއަތުތައް ފުރިހަމަ ނުވާ ކަމަށް ބުނެ އެ ކޮންގްރެސް ބަލައިގަނެވޭނެ ޖާގައެއް ނެތް ކަމަށް ޕީޕީއެމަށް އަންގާފައެވެ.

ރައީސް މައުމޫން އަތުން ޕީޕީއެމް "އަތުލީ" ޕާޓީގެ އަސާސީ ގަވާއިދާއި ޚިލާފަށް ކަމަށް ބުނެ ސިވިލް ކޯޓަށް އިތުރު މައްސަލައެއް ހުށައޅާފައިވާއިރު ސުޕްރީމް ކޯޓުން ވަނީ ދާދި ފަހުން އެ މައްސަލަ ނަގާފައެވެ.

ރައީސް ޔާމީންގެ ކެމްޕޭނު ދަތުރުތަކަށް ޕީޕީއެމުން އެޅި ދަތުރުތަކަށް ފައިސާ ނުދައްކައިގެން އައިލެންޑް އޭވިއޭޝަނުން ވަނީ އެފައިސާ ހޯދުމަށް އިލެކްޝަންސް ކޮމިޝަން އަދި ފިނޭންސް މިނިސްޓްރީއަށް މައްސަލަ ހުށައަޅާފައެވެ. ނަމަވެސް ޕީޕީއެމުން ވަނީ 1 މިލިއަން ރުފިޔާ ދައްކާފައެވެ.