Last Updated: June 7, 13:49
Sunday, June 7, 2026
ޚަބަރު

ކާނަލް ނާޒިމް ބޭސްފަރުވާއަށްފަހު މިރޭ ރާއްޖެ ވަޑައިގަންނަވަނީ

ބޭސްފަރުވާއަށް މެލޭޝިއާއަށް ވަޑައިގެންނެވި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް މިރޭ ރާއްޖެ ވަޑައިގަންނަވަން ނިންމަވައިފިއެވެ.

ނާޒިމް ބޭސްފަރުވާއަށް މެލޭޝިޔާއަށް ވަޑައިގެންނެވީ މި އޮކްޓޯބަރު މަހުގެ 4 ވަނަ ދުވަހުއެވެ. ނާޒިމް އެނބުރި ރާއްޖެ ވަޑައިގަންނަވާއިރު ޖަލު ހުކުމް ތަންފީޒުކުރުން ސުޕްރީމް ކޯޓުން ވަނީ ފަސްކޮށްފައެވެ.

ނާޒިމްގެ ޖަލު ހުކުމާއި ގުޅޭ ގޮތުން ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ވަނީ ހުކުމް ތަންފީޒު ކުރުމުގެ ގޮތުންނާޒިމާ މެދު އެއްވެސް ފަރާތަކުން އެއްވެސް ފިޔަވަޅެއް ނޭޅުމަށް ދައުލަތުގެ ކަމާބެހޭ އެންމެހައި ފަރާތްތަކުގެ މައްޗަށް އަންގައި އަމުރުކުރާ ކަމަަށެވެ.

ކޮޓަރިން ފިސްތޯލައެއް ފެނުނު މައްސަލާގައި ހަނގުރާމަވެރި ހަތިޔާރު ގެންގުޅުމުގެ ކުށުގައި 11 އަހަަރަށް ޖަލަށްލާން ނާޒިމަށް ކުރިމިނަލް ކޯޓުން ހުކުމް ކުރީ 2015 ވަނަ އަހަރު އެވެ.