Last Updated: June 7, 13:49
Sunday, June 7, 2026
ޚަބަރު

ރާއްޖެ ތަރައްގީ ކުރެވޭނީ ގިނަ އެއާޕޯޓްތައް އަޅައިގެން: މިނިސްޓަރު ސައީދު

ރާއްޖެ ތަރައްގީ ކުރެވޭނީ ގިނަ އެއާޕޯޓްތައް އަޅައިގެން ކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސައީދު މިހެން ވިދާޅުވީ އޭނާ ކުރެއްވި ޓްވީޓެއްގައެވެ.

އެ ޓްވީޓްގައި ސައީދު އިތުރަށް ވިދާޅުވީ ކޮންމެ ރައްޔިތަކަށް ވެސް 30 މިނިޓުގެ ކަނޑު ދަތުރަކުން އެއާޕޯޓަށް އާދެވުން އެއީ ރައީސް ޔާމީން ފެއްޓެވި މަސައްކަތެއް ކަމަށެވެ.

ސައީދު މިހެން ވިދާޅުވީ، އަތޮޅުތަކުގައި އަޅާ އެއާޕޯޓްތަކުގެ އަދަދު އިތުރުކުރުމަށްވުރެ ބޮޑަށް ރަނގަޅީ ހަރުދަނާ، ހަލުވި އަދި އަގުހެޔޮ ފެރީގެ ނިޒާމެއް ޤާއިމްކުރުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ހދ. ދިއްދޫގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ވިދާޅުވެފައިވަނިކޮށެވެ.

ކޮންމެ ރަށެއްގައި އެއާޕޯޓެއް އެޅުމަށް މީހުން އެދުނަސް އެއީ ތަރައްޤީގެ ރަނގަޅު ތަޞައްވަރެއް ނޫންކަމަށް ވެސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ.