Last Updated: June 7, 13:49
Sunday, June 7, 2026
ޚަބަރު

އާރަށުގައި ބިނާކުރި ގަނޑުވަރުގެ ފޮޓޯތަކެއް މަހްލޫފް އާއްމު ކުރައްވައިފި

އާރަށުގައި ރައީސް އަބްދުﷲ ޔާމީން ހުންނެވުމަށް ސިފައިން ލައްވާ ބިނާ ކުރެއްވި "ގަނޑުވަރު"ގެ ފޮޓޯތަކެއް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް އާއްމު ކުރައްވައިފިއެވެ.

މިއަދު މަހްލޫފް ކުރެއްވި ޓްވީޓެއްގައި އެ "ގަނޑުވަރު" ދައްކުވައިދޭ ފޮޓޯތަކެއް އެޓޭޗް ކުރައްވާފައިވެއެވެ.

މަހްލޫފް ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ ވަށައިގެން ފުލުހުންނާއި ސިފައިން އަތުރައިގެން އަދި ކޯޓުތަކުން ހަރާމް ހުކުމްތައް ކުރައްވައިގެން ގަދަބާރުން މުޅި އުމުރަށް ވެރިކަމުގައި ހުރެވޭނެ ކަމަށް އާރަށުގައި އަޅާފައިވާ ގަނޑުވަރު ކަމަށެވެ.

އާރަށުގެ ހުޅަނގު އުތުރު ފަރާތު ގޮނޑުދޮށް ކައިރީގައި ސިފައިން ލައްވާ މިއަހަރު ހަދާ ނިންމާފައިވާ ގަނޑުވަރު ޑިޒައިން ކޮށްފައިވަނީ ވަރަށް ހިތްގައިމު ގޮތަކަށެވެ.

ރައީސް ޔާމީން މިހާރު ގިނައިން ދިރިއުޅުއްވަނީ އާރަށުގައި ކަމަށް މައުލޫމާތު ލިބެއެވެ.