Last Updated: June 20, 11:49
Saturday, June 20, 2026
ޚަބަރު

ތިނަދޫގައި އަލަށް އިމާރާތްކުރި ފަޔާސްޓޭޝަންގެ އިމާރާތް ހުޅުވައިފި

ގދ. ތިނަދޫގައި އަލިފާން ނިއްވުމުގެ ޚިދުމަތް ދިނުމަށް އިމާރާތް ކުރި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ފަޔާސްޓޭޝަންގެ އައު އިމާރާތް މިއަދު ހުޅުވައިފިއެވެ.

ތިނަދޫގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި އިމާރާތް ހުޅުއްވައި ދެއްވީ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑިފެންސް މިނިސްޓްރު ވިދާޅުވީ ތިނަދޫގައި ހުޅުވިގެން މިދިޔަ ފަޔަރ ސްޓޭޝަންގެ އައު އިމާރާތާއި ގުޅިގެން ހުވަދުއަތޮޅުގެ ރައްޔިތުންނަށާއި އެމްއެންޑީއެފް ސަދަން އޭރިއާގައި ހިމެނޭ އަތޮޅުތަކުގެ ރައްޔިތުންނަށް އެތަކެއް ފަސޭހަތަކެއް ލިބިގެންދާނެކަމަށެވެ. މީގެ އިތުރުން ފަޔަރ ސްޓޭޝަން ޤާއިމް ކުރުމުގެ މަސައްކަތުގައި އެމްއެންޑީއެފް ސަދަން އޭރިއާގެ ސިފައިން ކޮށްފައިވާ ބުުރަ މަސައްކަތް ފާހަގަކުރައްވައި ސިފައިންނަށް ވަނީ ޝުކުރުއަދާކުރައްވާފައެވެ.

މިއަދުގެ ރަސްމިއްޔާތުގައި އެމްއެންޑީއެފް ސަދަން އޭރިއާގެ ކޮމާންޑަރ ކާނަލް ޢަބްދުﷲ އިބްރާހީމާއި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ކޮމާންޑަރ ކާނަލް ޢަބްދުﷲ ޒުހުރީއާއި އެހެނިހެން ރޭންކުތަކުގެ ސިފައިން ބައިވެރިވެލެއްވިއެވެ.