Last Updated: June 9, 11:45
Tuesday, June 9, 2026
ޚަބަރު

އާރަށުގައި އެޅި ރައީސް ޔާމީންގެ "ކިއްލާގެ" ވާހަކަތައް ދެކެވެން ފެށުމުން މުއާޒް ރުޅިދުރުވެއްޖެ!

އާރަށުގައި ރައީސް ޔާމީންގެ ކިއްލާއެއް ފަދަ ގެކޮޅުގެ ފޮޓޯ އާންމުވެ، އެވާހަކަތައް ސޯޝަލް މީޑިޔާގައި ދެކެވެން ފެށުމުން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ރުޅިދުރުވެއްޖެއެވެ.

މުއާޒު މިއަދު ކުރެއްވި ޓުވީޓެއްގައި ވަނީ އަދުގެ ޒުވާނުންނަށް ސިޔާސީ ވާހަކަ ކިޔައިދޭ އިރު މިއަށްވުރެ ޒިންމާވާން ނުވެތޯ ސުވާލު އުފައްދަވާފައެވެ. މުއާޒު ވަނީ ރައީސް ޔާމީން ވެރިކަމުން ދުރުވެވަޑައިގަންނަވާ އިރު އާރަށުގައި ހުރި "ގެކޮޅު" ނަގައިގެން ވަޑައިނުގަންނަވާނެ ކަމަށެވެ.

މިއޮތް ބުރިޖު/އެއާޕޯޓު ތަކުން ކޮންމެ ބޭފުޅަކަށް ވެސް ދަތުރުފުޅު ނުކުރެއްވޭނެތޯ؟ 25 ބުރި އިމާރާތުން އެންމެނަށް ޚިދުމަތް ނުލިބޭނެތޯ؟ މިހުރިހާ ތަންތަން ގާއިމު ކޮށްދެއްވީ ރައީސް ޔާމީން އެކަނި ބޭނުންފުޅު ކުރައްވަންތޯ؟ އާރަށުގައި ރީތި ތަނެއް ހުރިނަމަ އެތަނެއް ވާނީ ސިފައިންގެ އިމާރާތަކަށް. ދެން އަންނަ ރައީސަކަށް ބޭނުންފުޅު ނުކުރެވޭނީތޯ؟ ރައީސް ޔާމީން ވަކިވެވަޑައިގަންނަވާނީ އެވިދާޅުވާ ގެކޮޅު ހިފައިގެނެއް ނޫން!"

އިބްރާހިމް މުއާޒު އަލީ މިމޭރުމުން ވާޙަކަ ދައްކަވާފައިވަނީ ރައީސް ޔާމީން އާރަށުގައި ބިނާކުރެއްވި ގެކޮޅަކީ ތާއަބަދަށް ވެރިކަމުގައި ދެމިހުންނެވޭނެ ކަމަށް ހީކުރައްވައި ބިނާ ކުރެއްވި ތަނެއް ކަމަށް ބުނެ ސޯޝަލް މީޑިޔާގައި އެމަނިކުފާނަށް ފާޑުކިޔުންތައް އަމާޒުވުމާ ގުޅިގެންނެވެ.