Last Updated: June 9, 11:45
Tuesday, June 9, 2026
ޚަބަރު

ބައި ގަރުނު ވީއިރުވެސް ރައްޔިތުންގެ ހައްގު ހޯދައެއް ނުދެވުނު: ސައީދު

ދިވެހި ރާއްޖޭގެ ދެވަނަ ޖުމުހޫރިއްޔާއަށް 50 އަހަރު ފުރިފައިވި ނަމަވެސް ދިވެހި ދައުލަތަކަށް ރައްޔިތުންގެ ހައްގުތައް ފުރިހަމައަށް ހޯދައި ނުދެވުނު ކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ސައީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ވެރިކަމުގެ ދުވަހު ހަނދާނަށް އަންނަނީ ބައި ގަރުނު ވީއިރު ވެސް ރައްޔިތުންގެ ހައްގު ހޯދަން ދައުލަތް ނުކުޅެދިފައިވާ މިންވަރު ކަމަށެވެ.

އަދި މާތް ﷲ މި ގައުމަށް ހެޔޮ ގޮތް މިންވަރު ކުރެއްވުމަށް އެދި ދުއާ ކުރާ ކަމަށް މިނިސްޓަރު ސައީދުގެ ޓުވީޓުގައި ލިޔެފައިވެއެވެ.

ޖުމުހޫރީ ދުވަހުގެ މުނާސަބަތުގައި ރައީސުލް ޖުމުހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ގައުމާއި މުޚާތަބު ކޮށްފައެއް ނުވެއެވެ. ރައީސް ޔާމީންގެ ވެރިކަން ނިމެން 5 ދުވަހަށް ވަނީ ވެފައެވެ.