Last Updated: July 26, 13:56
Sunday, July 26, 2026
ޚަބަރު

ދީނަށް ހަޖޫ ޖަހާ ފޭސްބުކް ޕޭޖެއްގެ މައްސަލަ ބަލަން ފަށައިފި

ފުލުހުންގެ މައި އިދާރާ. އައްޑޫލައިވް ފޮޓޯ: އަލީ ހުޒާމް

އިސްލާމް ދީނަށް ފުރައްސާރަކޮށް ދިވެހި ބަޔަކު ހިންގަމުން އަންނަ ފޭސްބުކް ޕޭޖެއްގެ މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.

ގިނަ ބަޔަކު އެ ޕޭޖު ރިޕޯޓުކޮށް، ފުލުހުންނަށް މައްސަލަ ބަލައި އޭގައި ފަހަތުގައި ތިބި ބަޔަކު ހޯދުމަށް ގޮވަމުން ދަނިކޮށް ފުލުހުން ވަނީ ޕޭޖު ހިންގާ ބަޔަކު ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހާމަކޮށްފައެވެ.

އިސްލާމް ދީނަށް ފުރައްސާރަކޮށް، ދީނާއި ޚިލާފު ވާހަކަތައް ހިމަނައި ހިންގާ މިޕޭޖަށް ގިނަ ބަޔެއްގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. ކާކުކަން ނޭނގޭ ގޮތަށް ފިލާ ތިބެގެން މިފަދަ ފިނޑި އަމަލުތައް ނުހިންގުމަށް ދިވެހިން އަންނަނީ ޕޭޖުގެ އަހުލުވެރިންނަށް ގޮވަމުންނެވެ.