Last Updated: June 11, 09:15
Thursday, June 11, 2026
ޚަބަރު

ޔާމީނާއި ހުސެއިން ވަހީދު އިންސާފުގެ ކުރިމައްޗަށް ގެންނާނަން: ނާޒިމް

ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ކަމިޝްނާ އޮފް ޕޮލިސް ހުސެއިން ވަހީދު އިންސާފުގެ ކުރިމައްޗަށް ގެންނާނެކަމަށް ހަނގުރާމަވެރި ހަތިޔާރު ގެންގުޅުނުކަމަށް "ފްރޭމް"ކޮށް ޖަލަށްލާފައިވަނިކޮށް ސުޕްރީމް ކޯޓުން މިނިވަން ކުރި ކުރީގެ ޑިފެންސް މިނިސްޓަރ ކާނަމް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ބޭސްފަރުވާއަށް މެލޭޝިއާއަށް ވަޑައިގެން ހުންނަވަނިކޮށް ނާޒިމްގެ ހުކުމް ފަސްކުރުމަށް ސުޕްރީމް ކޯޓުން އަމުރު ކުރުމާއި ގުޅިގެން މިނިވަންވެ ރާއްޖެ ވަޑައިގެން ނޫސްވެރިންނާއި ބައްދަލު ކުރައްވަމުން ނާޒިމް ވިދާޅުވީ އޭނާ ދިރިއުޅުނު އެޕާޓްމަންޓަށް ފިސްތޯލު ވެއްދުމުގެ ޖަރީމާގެ އަޑީގައި ތިއްބެވީ ރައީސް ޔާމީނާއި އޭރުގެ ކަމިޝްނާ އޮފް ޕޮލިސް ހުސެއިން ވަހީދު ކަމަށެވެ.

ނާޒިމް ވިދާޅުވީ ފިސްތޯލު ޑިފެންސް މިނިސްޓަރ ދިރިއުޅުމުން ދިޔަ އެޕާޓްމަންޓަށް ފުލުހުންތަކެއް މެދުވެރިކޮށް ވެއްދޭނީ ރައީސަށް އެނގިގެން ކަމަށެވެ. އެހެންވެ އެކަން ބަލައި އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމަށެވެ.

ނާޒިމް ދިރިއުޅުއްވި އެޕާޓްމަންޓުން ފެނުނު ފިސްތޯލައިގެ މައްސަލަ އަލުން ތަހްގީގު ކުރަން ޖެހޭކަމަށް ނާޒިމް ވިދާޅުވިއެވެ.