Last Updated: June 9, 11:45
Tuesday, June 9, 2026
ޚަބަރު

ހޮސްޕިޓަލުގެ ބޮޑުބައި ވަނީ ނިމިފައި: މުއިއްޒު

އައްޑޫ ސިޓީގައި ގާއިމު ކުރެވުނު އިކުއެޓޯރިއަލް ކޮންވެންޝަން ސެންޓަރު ހުރި ތަނުގައި މިސަރުކާރުން އަޅަން ފެށި ޓާޝިއަރީ ހޮސްޕިޓަލުގެ މަސައްކަތް ގާތްގަނޑަކަށް ނިމިފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަހަރު ޖޫން މަހު ހުޅުވާނެ ކަމަށް ޑރ. މުއިއްޒު ކުރިން ވިދާޅުވި ހޮސްޕިޓަލުގެ މަސައްކަތް ނުނިމި ރިޔާސީ އިންތިޚާބު ކުރިމަތިވެ ރައީސް ޔާމީންގެ ދައުރު ނިމިގެންދާއިރު ވެސް ހޮސްޕިޓަލު ހުޅުވިފައެއް ނުވެއެވެ.

މުއިއްޒު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ "އިކުއެޕްމެންޓްސް" ލިބިގެން މަސައްކަތް ނިމޭ ކަންކަން ފިޔަވައި ހޮސްޕިޓަލުގެ އެހެން ހުރިހާ މަސައްކަތެއް ނިމިފައިވާ ކަމަށެވެ.

ނަމަވެސް އެ އިކުއެޕްމެންޓްސް ލިބޭނެ ދުވަހެއް އަދި ހޮސްޕިޓަލުގެ ޚިދުމަތް ލިބިގެންދާނެ ދުވަހެއް މުއިއްޒު ހާމަކުރައްވާފައެއް ނުވެއެވެ.