ރާއްޖޭގައި ހުންނަވާ އިންޑިއާގެ ހައި ކޮމިޝަނަރު ޝްރީ ރަޖީވް ޝަހާރޭ އައްޑު އަށް ޒިޔާރަތެއް ކުރައްވައިފި އެވެ.
މަގާމާ މިދިޔަ މަހު ހަވާލުވެ ވަޑައިގަތުމަށް މާލޭން ބޭރަށް، ޝަހާރޭ ކުރެއްވި ފުރަތަމަ ދަތުރުގައި އައްޑު އަށް ވަޑައިގެން އައްޑޫ ސިޓީ ކައުންސިލާ ވެސް ބައްދަލުކޮށް މަޝްވަރާތަކެއް ކޮށްފައިވެ އެވެ. ކަައުންސިލާ އެކު ބޭއްވި ބައްދަލުވުމުގައި ގައުމު ބިނާ ކުރުމުގައި ކައުންސިލްގެ ދައުރާ ގުޅޭ ގޮތުން ވާހަކަ ދައްކައި ހިޔާލް ބަދަލުކޮށްފައިވެ އެވެ.
ކައުންސިލް އިދާރާގެ މީޑިއާ އޮފިޝަލް ވިދާޅުވީ ކައުންސިލާ އެކު ސަފީރު ބޭއްްވި ބައްދަލުވުން އޮތީ މިއަދު ހެނދުނު ކައުންސިލް އިދާރާގައި ކަމަށެވެ.
އެނގިފައިވާ ގޮތުގައި ޝަހަރޭ އައްޑު އަށް ކުރައްވާ ދަތުރުގައި އެ މަނިކުފާނެ ދަތުރުގެ ކަންތައްތައް ބަލަހައްޓަމުން ގެންދަނީ އެމްއެންޑީއެފް ސަދަން އޭރިއާއިންނެވެ.
ޝަހާރޭގެ މި ދަތުރާ ބެހާ މާ ބޮޑު ތަފުސީލެއް އަދި ލިބޭ ގޮތެއް ނުވެ އެވެ.