Last Updated: June 11, 09:15
Thursday, June 11, 2026
ޚަބަރު

އަބުރު ގާނޫނު އުވާލުމުގެ ބިލް މަޖްލިސްއަށް ބަލައިގެންފި

އަބުރު ރައްކާތެރި ކުރުމާއި ހިޔާލު ފާޅު ކުރުމުގެ މިނިވަން ކަމާ ބެހޭ ގާނޫނު އުވާލުމުގެ ބިލް މަޖްލިސްއަށް ބަލައިގެންފިއެވެ.

ގާނޫނު ނަންބަރު 15/2016 އަބުރު ރައްކާތެރިކުރުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނު އުވާލުމަށް ބަލައިގަތުމަށް މަޖްލިސްގެ 48 މެމްބަރުންގެ ވޯޓާއި އެކު ވަނީ ފާސްވެފައެވެ. އެއާއެކު ބިލް އިތުރަށް ދިރާސާ ކުރުމަށް މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމެޓީއަށް ފޮނުވުމަށް ވަނީ ފާސްވެފައެވެ.

އަބުރު ގާނޫނު އުވާލުމަށް ހުށަހެޅުއްވީ މަޖްލިސްގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދުއެވެ. ޝާހިދު ވިދާޅުވީ މި ބިލަކީ ސީދާ ނޫސްވެރިންނާއި ޓީވީ ޗެނަލްތަކަށް އަމާޒުކޮށް ހެދި ގާނޫނެއް ކަމަށެވެ. އަދި މިއީ ގާނޫނު އަސާސީ އާއި މުޅިން ހިލާފު ގާނޫނެއް ކަމަށެވެ.

މި ގާނޫނު އުވާލުމާއި ގުޅޭ ގޮތުން މިއަދު ކުރިއަށް. ގެންދިޔަ ބަހުސްގައި ގިނަ މެމްބަރުން ވިދާޅުވީ ސީދާ މި ބިލަކީ ރައީސް ޔާމީނާއި މެޑަމް ފާޠުން ހިންގި ޖަރީމާތައް މަތި އަޅަން ފަރުމާ ކުރި ގާނޫނެއް ކަމަށް ވިދާޅުވެފައެވެ.