Last Updated: June 20, 11:49
Saturday, June 20, 2026
ޚަބަރު

ނަޝީދު މިނިވަންކުރުމަށް ހުށަހެޅި ޤަރާރު މަޖިލީހުން ފާސްކޮށްފި

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކޮށްފައިވާ 13 އަހަރު ދުވަހު ޖަލު ޙުކުމުން އެމަނިކުފާނު މިނިވަންކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ޤަރާރު، މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

އެޤަރާރު މަޖިލީހަށް ހުށައެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބުދުﷲ އެވެ.

މިޤަރާރު ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ ތެރެއިން 57 މެމްބަރެއްގެ ތާއީދާއެކު އެވެ. މި ޤަރާރު ފާސްކުރަން ނުފެންނަ ކަމަށް 9 މެމްބަރުން ވޯޓު ދެއްވި އެވެ.

ރައީސް ނަޝީދު މިނިވަން ކުރުމަށް ގޮވާލާ ހުށަހެޅި ޤަރާރު މަޖިލީހުން މިއަދު ފާސްކުރިއިރު، އެމަނިކުފާނު ވަނީ މިހާރު ވަގުތީ ގޮތުން މިނިވަންކޮށްފަ އެވެ. ނަޝީދުގެ މައްޗަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމް ތަންފީޒުކުރުން ފަސްކުރުމަށް ސުޕްރީމް ކޯޓުން އަމުރު ކުރީ އެމައްސަލަ ރިވިއު ކުރުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ސުޕްރީމް ކޯޓަށް ހުށަހެޅުމާއި ގުޅިގެންނެވެ.