Last Updated: June 20, 11:49
Saturday, June 20, 2026
ޚަބަރު

މޯލްޑިވިއަން އިން ގަމުން ޓްރިވެންޑްރަމް އަށް ދަތުރެއް، ޓިކެޓެއް 99 ޑޮލަރަށް!

ރާއްޖޭގެ ޤައުމީ އެއާލައިން، މޯލްޑިވިއަން އިން އައްޑޫ ސިޓީ ގަމުން އިންޑިއާގެ ޓްރިވެންޑްރަމް އަށް ދަތުރެއް ކުރަން ނިންމައިފި އެވެ.

މޯލްޑިވިއަން އިން މިއަދު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ގަން އިންޓަނޭޝަނަލް އެއާޕޯޓުން ޓްރިވެންޑްރަމް އިންޓަނޭޝަނަލް އެއާޕޯޓަށް ކުރާ މި ދަތުރު ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހު ކަމަށެވެ.

މޯލްޑިވިއަން އިން ބުނީ ގަމުން ޓްރިވެންޑްރަމް އަށް 99 ޑޮލަރު (1520.67ރ.) އަށް ދެވޭއިރު، ގަމުން ޓްރިވެންޑްރަމް އަށް ގޮސް އެނބުރި މާލެ އަށް 250 ޑޮލަރަށް ދެވޭނެ ފެއަރ އެއްވެސް ހަމަޖައްސާފައިވާ ކަމަށެވެ.

މޯލްޑިވިއަން އިން ދަނީ މިހާރުވެސް މާލެއިން ޓްރިވެންޑްރަމް އަށް އަދި ހަނިމާދޫ އިން ޓްރިވެންޑްރަމް އަށް ޝެޑިއުލް ފްލައިޓްތައް ބާއްވަމުންނެވެ.

ޓްރިވެންޑްރަމް އަކީ ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅޭ ސަރަޙައްދަކަށް ވާއިރު، ބޭސްފަރުވާ އަށްވެސް ކޮންމެ އަހަރަކު އެތައް ސަތޭކަ ދިވެހިންނެއް ޓްރިވެންޑްރަމް އަށް ދަތުރުކުރެއެވެ. އެހެންކަމުން މޯލްޑިވިއަން އިން އަންނަ މަހު ބާއްވާ މި ދަތުރުގެ ސަބަބުން އައްޑޫގައި ދިރިއުޅޭ ގިނަ އަދަދެއްގެ ރައްޔިތުންނަށް ފަސޭހަތަކެއް ވެގެންދާނެ އެވެ.