Last Updated: June 20, 10:55
Saturday, June 20, 2026
ޚަބަރު

ކާނަލް ނާޒިމް ޖުމްހޫރީ ޕާޓީ އާއި ގުޅިވަޑައިގެންފި

ނާޒިމް، ޖޭޕީ އާއި ގުޅިވަޑައިގަންނަވަން ފޯމް ހަވާލުކުރައްވަނީ - ފޮޓޯ: ޓްވިޓާ (ޖޭޕީ ސެކްރެޓޭރިއެޓް)

ރައީސް ޔާމީންގެ ސަރުކާރުގެ ކުރީގެ ޑިފެންސް މިނިސްޓަރު، އަދި ކުރިން ޕީޕީއެމްގައި ހުންނެވި ކާނަލް (ރިޓަޔާޑް) މުހައްމަދު ނާޒިމް، ޖުމްހޫރީ ޕާޓީ (ޖޭޕީ) އާއި ގުޅިވަޑައިގެންފި އެވެ.

މިއަދު ކުނޫޒުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ނާޒިމް ޖުމްހޫރީ ޕާޓީއަށް ގުޅުމަށް އެދޭ ފޯމާ ހަވާލުވެވަޑައިގެންނެވީ އެ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމެވެ. އެ ރަސްމިއްޔާތުގައި ޕާޓީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.

މީގެ އިތުރުން ޖޭޕީގެ ލީޑަރުގެ އެޑްވައިޒަރުގެ މަޤާމަށް ވެސް ނާޒިމް ވަނީ މިއަދު ހަމަޖައްސާފައެވެ.

ބޭސްފަރުވާއަށް މެލޭޝިއާގައި ހުންނެވުމަށްފަހު ރޭގެ ވަގުތެއްގައި ރާއްޖެ ވަޑައިގަތުމަށްފަހު ނޫސްވެރިންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ނާޒިމް ވަނީ ޖޭޕީ އާއި ގުޅިވަޑައިގަންނަވާކަން އިއުލާން ކުރައްވާފަ އެވެ.

ރިޔާސީ އިންތިހާބަށްފަހު ނާޒިމް ބޭސްފަރުވާއަށް ނާޒިމް މެލޭޝިއާއަށް ވަޑައިގެންނެވިިއިރު އެތަނުގައި ހުންނަވަނިކޮށް ސުޕްރީމް ކޯޓުން ވަނީ ނާޒިމްގެ މައްޗަށް އިއްވާފައިވާާ ޖަލު ހުކުމް ތަންފީޒުކުރުން ފަސްކުރަން އަމުރުކޮށްފަ އެވެ.