Last Updated: June 20, 10:55
Saturday, June 20, 2026
ޚަބަރު

ޖުމްހޫރީ ޕާޓީގެ ޕީޖީގެ ލީޑަރުގެ މަޤާމުން ޤާސިމް އިސްތިއުފާ ދެއްވައިފި

ޖޭޕީގެ ލީޑަރ ޤާސިމް އިބްރާހިމް - ފޮޓޯ: ވީނިއުސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް އިންތިޚާބުވެވަޑައިގަތުމާއި ގުޅިގެން، ޖޭޕީގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރުގެ މަޤާމުން ޤާސިމް އިސްތިއުފާ ދެއްވައިފި އެވެ.

މަޖިލީހުގެ ރައީސްގެ މަޤާމަށް މާމިގިލީ ދާއިރާގެ މެމްބަރު ޤާސިމް އިންތިޚާބުވެވަޑައިގެންނެވީ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ މަސީހު މަޤާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެން އާ ރައީސަކު ހޮވުމަށް ބޭއްވި ޖަލްސާގައި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އާ ވާދަކޮށްގެންނެވެ.

މި މަހުގެ 1 ވަނަ ދުވަހުގެ ރޭ ނެގި ވޯޓުގައި ޤާސިމް ވަނީ ވޯޓު ލެއްވި 80 މެމްބަރުންގެ ތެރެއިން 62 މެމްބަރުންގެ ވޯޓު ހޯއްދަވާފައެވެ. ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އަށް ލިބިފައިވަނީ އެންމެ 16 ވޯޓެވެ. ބާތިލު ދެ ވޯޓު ހިމެނިފައިވާއިރު މިރޭ ނެގި ވޯޓުން ޕީޕީއެމްގެ ނައިބު ރައީސަށް މަޖިލީހުގައި ތިއްބެވި ޕީޕީއެމް ބައެއް މެމްބަރުން ވެސް ވޯޓު ނުދެއްވާ ކަން ހާމަވެގެން ގޮސްފައިވެއެވެ.

މެމްބަރު އަބްދުއްރަހީމް ވަނީ އެމަނިކުފާނު މަޖިލީހުގެ ރައީސް ކަމަށް އިންތިޚާބުކޮށްފި ނަމަ މެމްބަރުންގެ މުސާރަ 150،000 ރުފިޔާއަށް ހައްދަވާނެ ކަމަށް ވިދާޅުވެފައެވެ.

ރައީސް ކަމަށް ހޮވުނު ގާސިމް އިބްރާހިމްގެ ފަރާތުން އެފަދަ އެއްވެސް ވައުދެއް މެމްބަރުންނަށް ވެފައިނުވާކަން ފާހަގަކޮށްލެވެއެވެ.